Friday, March 27, 2015

އެކްޓިވިޓީ 2


   *. ގުރޭޑް9
   *. މާއްދާ: ދިވެހި
   *. ސުރުޚީ: ކުރުވާހަކަ ލިޔުން
   * މަގުޞަދު : ދެވިފައިވާ ތަސްވީރަށް  7 ފޮޅުވަތާއި 10 ފޮޅުވަތާ ދެމެދުގެ ކުރުވާހަކައެއްގެ ފެށުމެއް  ލިޔުން.
   *.ގެންދާނެގޮތް:
ކުލާހުގެ ހުރިހާ ދަރިވަރުން 5 ކުދިންނަށްވުރެ ގިނަނުވާގޮތައް ވީހާވެސް ހަމަހަމަވާ ގޮތަކަށް ބަހާށެވެ. ބަހާލެވުނު ގުރޫޕް ތަކަށް ( ކޮންމެ ގުރޫޕަކަށް ) ތަސްވީރެއްދޭނީ މުދައްރިސް ކަނޑައަޅާ ގޮތެއްގެ މަތީން ގުރުއަތުންނެވެ. އެއަށްފަހު އެގުރޫޕަކަށް ދިމާވި ތަސްވީރާއި ބެހޭގޮތުން ގުރޫޕް މެދުގައި މަޝްވަރާކޮށް ވާހަކައިގެ ފެށުމެއް ލިޔާނީއެވެ. ފެށުމުގައި 7 ފޮޅުވަތާއި 10 ފޮޅުވަތާއި ދެމެދުގެ ފެށުމެއް ލިޔާނީއެވެ. އެއަށްފަހު ވާހަކައިގެ ފެށުން ކުލާހަށް ހުށައަޅާނީއެވެ. އެއަށްފަހު ގޭގައި ވާހަކަ އެއްކޮށް ލިޔެގެން އައުމަށް ބުނާނީއެވެ.
*. އެހީ:ތަސްވީރުތައް










އެކްޓިވިޓީ 3


   *. ގުރޭޑް9
   *. މާއްދާ: ދިވެހި
   *. ސުރުޚީ: މަޒުމޫނުލިޔުން.
   * މަގުޞަދު : ދެވިފައިވާ ސުރުޚީއަށް  5 ފޮޅުވަތާއި 7 ފޮޅުވަތާ ދެމެދުގެ މަޒުމޫނެއްގެ ފެށުމެއްލިޔުން.
    އެކްޓިވިޓީ ކުރިއަށް ގެންދާނެގޮތް:
              ކުލާހުގެ ހުރިހާ ދަރިވަރުން 6 ކުދިންނަށްވުރެ ގިނަނުވާގޮތައް ބަހާލާށެވެ. މި ގޮތަށް ބެހުމުގައި ދަރިވަރުންގެ ޖިންސަށާއި، ޤާބިލްކަމަށާއި، ހުނަރުވެރިކަމަށް ރިޢާޔަތްކޮށް ވީހާވެސް ހަމަހަމަވާ ގޮތަކަށް ބަހާށެވެ. ބަހާލެވުނު ގުރޫޕް ތަކަށް ( ކޮންމެ ގުރޫޕަކަށް ) ދިވެހި އަދީބެއްގެ ނަމެއްދޭށެވެ. އަދީބެއްގެ ނަންދޭނީ މުދައްރިސް ކަނޑައަޅާ ގޮތެއްގެ މަތީން ގުރުއަތުންނެވެ. އެއަށްފަހު އެގުރޫޕަކަށް ދިމާވި އަދީބަކާއި ބެހޭގޮތުން ގުރޫޕް މެދުގައި މަޝްވަރާކޮށް މައުލޫމާތު އެއްކުރާނީއެވެ. މިސާލަކަށް އެބޭފުޅާގެ ތަޢާރަފް، އަދަބީ ހިދުމަތްތައް، އަދާކުރި ވަޒިފާތަކާއި ލިޔުއްވި ފޮތްތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދަރިވަރުންނަށް ބުނެވިދާނެއެވެ.
           ގުރޫޕުން މައޫލުމާތު އެއްކުރުމަށްފަހު  އެގުރޫޕެއްގައި ތިބިދަރިވަރުން 2 ކުދިންގެ ގުރޫޕަކަށް ބަދަލުވެ ފުރަތަމަ ގުރޫޕުން ލިބުނު މައުލޫމާތުތައް މަޒުމޫނެއް ލިޔުމައްޓަކައި ޕޮއިންޓްތައް ތަރުތީބު ކޮށްލާނީއެވެ. މިގޮތައް ތަރުތީބު ކުރާއިރު ދެކުދިން މަޝްވަރާ ކުރާށެވެ.
           ދެކުދިންގެ ގުރޫޕުން ޕޮއިންޓްތައް ތަރުތީބު ކުރުމަށްފަހު ކޮންމެ ކުއްޖަކުވެސް އެކުއްޖަކު އަމިއްލައަށް އެގުރޫޕް ތަކުން އެއްކުރި މައުލޫމާތަކާއި ތަރުތީބު ކުރި ޕްއިންޓްތަކަށް ބަލައިގެން މަޒުމޫނެއްގެ ފެށުމެއް ލިޔާނީއެވެ. ފެށުމުގައި 5 ފޮޅުވަތާއި 7 ފޮޅުވަތާއި ދެމެދުގެ ފެށުމެއް ލިޔާނީއެވެ.
            ވަކިވަކި ދަރިވަރުންގެ މަސައްކަތް ނިމިމުން ދަރިވަރުން ލިޔުނު މަޒުމޫނުގެ ފެށުން ކުލާހަށް ހުށައަޅާނީއެވެ. އެއަށްފަހު ގޭގައި މަޒުމޫނު އެއްކޮށް ލިޔެގެން އައުމަށް ބުނާށެވެ.
*. އެހީ:
dhivehiacademy.edu.mv/beta/adheebun/189




އެކްޓީވިޓީ 4

*. ގުރޭޑް 9
*. މާއްދާ: ދިވެހި
*. ސުރުޚީ : ޅެންޝަރަހަކުރުން.
މަޤުޞަދު:
ހ. ދެވިފައިވާ ޅެމުން ކޮންމެވެސް އެއްބައިތު 6 ފޮޅުވަތާއި 8 ފޮޅުވަތާދެމެދަށް ޝަރަހަ ކުރުން.

*. ކުރިއަށް ގެންދާނެ ގޮތް: ކުލާސް 4 ކުދިންނަށްވުރެ ގިނަނުވާނޭ ގޮތަށް ގްރޫޕްބެހުމަށްފަހު މުދައްރިސް ދަރިވަރުންނަށް ޅެންއަޑުއިއްވާނީއެވެ. އެއަށްފަހު ކޮންމެ ގުރޫޕް ތަކުގެ ކޮންމެ ކުއްޖަކަށް ހުސްތަން ފުރަން ޅެންހަވާލުކުރުމަށްފަހު އަނެއްކާވެސް ޅެންއަޑުއިއްވާނީއެވެ. ކުދިން ޅެމުގެ ހުސްތަން ފުރާނިމުމުން ގްރޫޕްމެދުގައި ރަނގަޅުތޯބެލުމަށް މަޝްވަރާކުރާނީއެވެ. އެއަށްފަހު ޅެމުގެ ފުރަތަމަ 3 ބައިތު ގުރޫޕްގައި މަޝްވަރާކުރުމަށްފަހު ޝަރަހަ ކުރާނީއެވެ. އެއަށްފަހު ގުރޫޕްތަކުން ކުލާހަށް ހުށަހަޅާނީއެވެ.
*. އެހީ
މީޑިޔާއަށް ސާބަސް
........................... ސާބަސްނުދީ ގަލަންވެސް
              ވަކިކޮށްލެވޭ ވަރެއްނޫން ރަހުމުންނެ ..................
މުޅިރޭގަނޑާ ދުވާލާ ނިދުމާ .............................
              ގުޅިގެން ................... ފެނިގެންނެ، އާދެ! އެދެނީ
ރަށްތަކުގެ .................... އަދި ހާމަވަމުން އެދާގޮތް
              އަދި ވީގޮތާއެކީގާ ދައްކާ ..............................
.......................... ލިބޭހާ މަދަދާ އެހީގެ އަދަދާ
            ...................... ދެމުން އަދި ދައްކާ ދެމުންނެ އެދަނީ
ޖެހިފާ އެވާމެ ޙާލާ އަރާސްތު ......................
   އެހިނދުން ހިނދަށް އެގޮތްތައް އިތުރަށް .....................

އޯޑިއޯ: 







އެކްޓިވިޓީ 5

* ގްރޭޑް 9
* މާއްދާ: ދިވެހި
* ސުރުޚީ: އަދަބީބަސް
* މަގުޞަދު: ދެވިފައިވާ ސިޓީ ކިޔުމަށްފަހު މަދުވެގެން 10 އަދަބީބަސް ހޯދާ އެބަސް ބޭނުންކުރާނެ ހާލަތެއް ލިޔުން.
* ކުރިއަށް ގެންދާނެގޮތް: ކުލާސް 5ކުދިންނަށްވުރެ ގިނަ ނުވާގޮތަށް ގުރޫޕް ބެހުމަށްފަހު ކޮންމެ ގުރޫޕަކަށް އަދަބީބަސް ހިމަނައިގެން ލިޔެފައިވާ ސިޓީ ދިނުމަށްފަހު ، ގުރޫޕް މަޝްވަރާއަށްފަހު އެސިޓީއިން 10 އަދަބީބަސް ހޯދުމަށްފަހު އެބަސްބޭނުންކުރާނެ ހާލަތެއް ލިޔުން. އެއަށްފަހު ކޮންމެ ގުރޫޕަކުންވެސް މުޅި ކުލާހަށް ހުށަހެޅުން.
* އެހީ:
c

ރަބީޢީ
ގއ.ގެމަނަފުށީ

                   އެކުވެރި ވިކާޝަށް
              ހެޔޮދުޢާއި ސަލާމަށްފަހު ލިޔަމެވެ.
              އެކުވެރިޔާއި އެކުވެރިޔާގެ ޢާއިލާ ގަދަވެ ހެޔޮހާލުގައި ވާނެކަމަށް ހީކޮށް އުފާކުރަމެވެ. ނަމަވެސް އަހަރެންގެ ހާލު މާކަރަނގަޅެއް ނޫނެވެ.
             އެކުވެރި ވިކާޝްއެވެ. ވިކާޝް ބުނިފަދައިން އަހަންނަށް މިވަނީ ވަރަށް ބޮޑުޅައެއްޗެއް އެޅިފައެވެ. އަހަރެންގެ  ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށަންގެން ގުޅުނު ދަނޑުވެސް ގެއްލިއްޖެއެވެ.  އިށީންނާނެ ގަލެއް ނުބަލައި އުދުއްސައި ގަނެވުނު މޮޔަ  ހިތައް އަރާ، މިހާރު ލޮލުން ކަރުނު އާދެއެވެ.
              އެކުވެރިޔާއެވެ. ރަށަށް އާދެވުނުއިރު މޫސުމްވަނީ ބަދަލުވެފައެވެ. ފައިން ދޮންވެލި ނުހިކަނީސް ނަސީބު އަހަންނަށް ފުރަގަސްދީފިއެވެ.  އަހަރެންގެ ތެޔޮނާށި ކާޅު ޖަހައިގެން، ގެންގޮސްފިއެވެ،  އެއީ މިހާރު  ކުއްޅަވަށް ފަލުރައްޏެކެވެ. އަހަރެން އޭނައާއި ދިމާއަށް އެއްޗެކޭ ބުންޏަސް އޭނާއަށް  ވައިފަތަކަށް އެރިރޯޅިއެކޭވެސް ހިއެއް ނުވެއެވެ. އަހަންނަށް މިވަނީ  ދެމީދާފެހި ބުޅަލަށްވީ ވަރުވެފައެވެ.
              އެކުވެރިޔާއެވެ. އޭނާއަކީ ފައްކާ  ދެފުއްކެހެރިއެކެވެ. އެކަކަށް ލޯބީގެ ދަޅަދައްކާފައި އަނެކެއްގެ އުގުފަޅު ފިލުވައިދޭ މީހެކެވެ.  ކެނޑުމުގެ ކުރިން ވަކަރަށް ޖަހާށޭ  އެއްދުވަހަކު ވިކާޝް ބުނި ހަނދާން އެބަހުއްޓެވެ. ނަމަވެސް އެއީ  ފައްކާ ރޯނުއެދުރެކެވެ.  ހަވީރު ތުންފުއްސެކޭ އޭނާއެކޭ  އެއްވެސް ތަފާތެއް ނެތެވެ. އެފަދަ މީހަކު ދެކެ އިންތިހާއަށް ލޯބިވެވުނީތީ މިއަދު އަހަރެން ނިހާޔަތަށް ދެރަވެ ލަދުވެތި ވަމެވެ. ކޮޅުނެތް ކޮޅަށް ހިތާމަކުރަމެވެ. އެހެންނަމަވެސް، އެހެންއެވީ އޭނާ އަހަރެންގެ ލޮލުގައި އެޅުވި އަނދުނެއްގެ ސަބަބުންނެވެ.  ލޯތްބަކީ ކަނުއެއްޗަކަށް ހަދާލުމުންނެވެ. ނަމަވެސް ދެން ފެތުނު އޮޑީގެ ރިޔާދަށު ވިޔަސް އެކަހަލަ އަންހެނެއްގެ އަތްދަށުއެއް ނުވާނަމެވެ. އެއީ ބޮޑުވަޅުދަށު ސައިބޯންޏެކެވެ. އަހަންނަށް ނުވިސްނުނު ތަންކޮޅަކީ އެކަކުންޏެއްގެ ހަރުކޮންނާނީ އެކަކުންޏެއްގެ ވަރުން ކަމުގައެވެ. ނަމަވެސް ލަޑަޔާވާނީ ލަޑަޔާކަން މިހާރު އެގިއްޖެއެވެ. ވިދާހާ އެއްޗަކީ ރަނެއްނޫންކަށްވެސް މިހާރު ގަބޫލު ކުރެވިއްޖެއެވެ. މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެއެވެ. ގިނިދުއްމީހާ ރަތްމަލަށް ބިރުގަންނަފަދައިން މިހާރު އަހަރެންވެސް އޭނަދެކެ ބިރުގަނެއެވެ. އޭނާގެ ބައިވެރިއަކީ ހަމަ އޭނަ ކަހަލަ ބޮޑު ކޫޑިއެކެވެ. ކެޔޮކޭވަރު އެގޭނީ ބިތުފަންގިނަގާ ބަލާލީމަތާއެވެ.
              އެކުވެރިޔާއެވެ. އަހަރެން ދެރަކޮށްލާފައި އަދިވެސް އޭނާ ހިތްހަމަ ޖެހުނުހެނެއް ހީއެއް ނުވެއެވެ. އަހަންނަކީ ދަނޑިދިގު އުދުޅިއެކޭ ނަގޫދިގު ބުޅަލަކޭ ކިޔައިގެން މުޅި ރަށުގެ ތެރޭގައި އަޑުތައް އެބައަރުވައެވެ. އަޑެއްކީއްޔާ ރެދެއްލާނެކަން އެކުވެރިޔާއަށްވެސް އެގޭނެއެވެ. ވުމާއިއެކު އެކަމުން އަހަރެންގެ މިނިކަމެތި ހިތައް ހާދައަސަރެއް ކުރައެވެ. އހަރެން އެގޭދޮރުމަތިން ކުރާލި ކަނޑާލިއަސް އޭނާއަށް ހީވަނީ އޭނާހޯދަން މުގޯލި އަޅަނީ ކަމަށެވެ. ފުޅަށް ބުޑުންދަންޏާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާލާފާނެހެންނެވެ. އަހަރެންގެ މައިންބަފައިންނަކޭ ކިޔައިގެންވެސް ހާދައެއްޗެއްސެއް ކިޔައެވެ. އޭނަގެ މައިންބަފައިންނަށް އޭނާރަންޏަކަށް ވިޔަސް އަހަރެންގެ މައިންބަފައިންނަށް އަހަރެން ދޮންފުތެއް ނުވެއެވެ. އިރާދަކުރެއްވިއްޔާ ދެނެއް އަހަރެން މައިންބަފައިންގެ ނުސިޔާރު ދަރިއަކަށް ނުވާނަމެއެވެ. 
              އެކުވެރި ވިކާޝްއެވެ. އަހަރެންނަށް ލޯބިދަސްވެއްޖެއެވެ. ދުބުރިއެއް ކިތަންމެ ވަރަކަށް ދޮންއަނބަކަށް ހަދަން އުޅުނަސް ނުހެދޭނެކަން އެގިއްޖެއެވެ. އެއީ ވައިނުޖެހޭތާކު ބޮޑުވެފައިއިން ޅޮސްގަހެކެވެ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެވިއްޔައެވެ. ދެރައީ ބަލާނުލާ ފޫނެތްފަޔަކަށް ފެންފުރުނީތީއެވެ. ދުނިޔެއަށް ރަނގަޅަށް ލޯހުޅުވުނުއިރު އަހަރެންނަށް މިވަނީ ކޮޅުކެއްސެއް ލިބިފައެވެ. އެކަމަކުވެސް ބުނާތީ އަޑުއަހަމެވެ. މޫދުގައިވާ ގަލަކަށް މަހެއް ވެއެވެ. އެހެންވީއިރު އަހަންނަށްވެސް އަދި ގޮތެއް ހުހެއްނުވާނެތާއެވެ.
             އެކުވެރިޔާއެވެ. އެކަމަކު އޭނާ އަހަރެންނޭ ކިޔައިގެން ހާދައެއްޗިއްސެއް ރަށުތެރޭގައި ކިޔައެވެ. އޭނާ ކިޔާއެއްޗިއްސެއް އަޑުއިވޭނީ ގިނައޮޅި ގިރާކުރަވޭނަމައެވެ. ދުނިޔެ ހިނގަނީ އަބަދުވެސް ތޮށަލި ދުޅައަށެވެ. އަޑިގަނޑަކަށްފަހު އުސްގނޑެއް އަންނާނެކަން ގަބޫލުކުރަމެވެ. އަބަދު އަހަންނަކަށްވެސް މިއަވާމެންދުރެއް ނުފެންނާނެތާއެވެ. އެކަމަކުވެސް ތެދެއް ބުނަންހެއްޔެވެ؟ ވަޅިކައްޓަފުޅިއެއް ދާންޏަކަށް ނުސިހޭނެއެވެ. ކަންވެ ނަންނުވިޔަސް ކަންނުވެ ނަންވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އޭނާއަށް މިއަދު ބަންޑާރަ ހަސަނަށް މޫދުހިތަކަށް ލިބުނުހެން ހިތުހުރިގޮތަކަށް އުޅެވިދާނެއެވެ. ގިތެޔޮއެޅި ގުޅިއަކުން ވަހެއް ކުކެނޑޭނެ ވިއްޔާއެވެ. އެއްފުޅަންމަތިން ފުންމާލި ބަކަރި އަނެއްފުޅަންމަތިންވެސް ފުންމާލާނެއެވެ. އޭނަގެ ޅަފުރާ ގެއްލުނީމާ ވައިއެޅޭނެ މީހަކުވެސް ނުވާނެއެވެ. ނުކެކިހުރެ ބަތްތެއްޔެއް ދުންގަތީމާ އެއިންކާނޭ މީހަކު ވާނެހެއްޔެވެ. އަމުދުން މިޒަމާނަކު ނުވާނެއެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ މާބުރުގެ އުސޫލެވެ.
             އެކުވެރިޔާއެވެ. އަހަރެންއެޅި ބިންގާ ކެއްޗާހަމައަށް ނުނެގުނީސް އެބިންގާ އެޅުނީ ކަށްޗަށްކަން ވިސްނުނީތީ ކޮޅުނެތްހާކޮޅަށް އުފާކުރަމެވެ. އޭނާ އަދި އަހަރެންގެ ހަފަތުން ނާށިގަނޑު ދިއްކުރަމުން ދުވާނެކަން ޔަގީނެއެވެ. އެކަމަކުވެސް ނެގިގާގަނޑަކަށް ބޮއްޔެއް ނާރާނެއވެ. އަހަންނަކީ ފެންކައްކާ ބޮއްޔެއްނޫނެވެ. މިވަރުން ތިޔައެކުވެރިޔާއަށް އަހަރެންގެ ހާލުއެގޭނެކަމަށް އުއްމީދު ކުރަމެވެ. ތިޔައެކުވެރިޔާގެ ސިޓީއެއް ވަރަށްއަވަހަށް ލިބޭނެކަމުގެ ފޮނިއުއްމީދުގައި ވަރަށް ސަލާމާއިއެކު ވަކިވެލީމެވެ.
             އިހުތިރާމާއި އެކު ޝުކުރިއްޔާ!
                 29 މާޗް 2015
                                    އަބަދުވެސް އެކުވެރި
                                       ވިނޭޝް