*. ގުރޭޑް9
*. މާއްދާ: ދިވެހި
*. ސުރުޚީ: މަޒުމޫނުލިޔުން.
* މަގުޞަދު : ދެވިފައިވާ ސުރުޚީއަށް
5 ފޮޅުވަތާއި 7 ފޮޅުވަތާ ދެމެދުގެ މަޒުމޫނެއްގެ ފެށުމެއްލިޔުން.
އެކްޓިވިޓީ ކުރިއަށް
ގެންދާނެގޮތް:
ކުލާހުގެ ހުރިހާ ދަރިވަރުން 6 ކުދިންނަށްވުރެ ގިނަނުވާގޮތައް ބަހާލާށެވެ. މި ގޮތަށް ބެހުމުގައި
ދަރިވަރުންގެ ޖިންސަށާއި، ޤާބިލްކަމަށާއި، ހުނަރުވެރިކަމަށް ރިޢާޔަތްކޮށް ވީހާވެސް
ހަމަހަމަވާ ގޮތަކަށް ބަހާށެވެ. ބަހާލެވުނު ގުރޫޕް ތަކަށް ( ކޮންމެ ގުރޫޕަކަށް ) ދިވެހި
އަދީބެއްގެ ނަމެއްދޭށެވެ. އަދީބެއްގެ ނަންދޭނީ މުދައްރިސް ކަނޑައަޅާ ގޮތެއްގެ
މަތީން ގުރުއަތުންނެވެ. އެއަށްފަހު އެގުރޫޕަކަށް ދިމާވި އަދީބަކާއި ބެހޭގޮތުން ގުރޫޕް
މެދުގައި މަޝްވަރާކޮށް މައުލޫމާތު އެއްކުރާނީއެވެ. މިސާލަކަށް އެބޭފުޅާގެ ތަޢާރަފް، އަދަބީ ހިދުމަތްތައް، އަދާކުރި
ވަޒިފާތަކާއި ލިޔުއްވި ފޮތްތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދަރިވަރުންނަށް
ބުނެވިދާނެއެވެ.
ގުރޫޕުން މައޫލުމާތު
އެއްކުރުމަށްފަހު އެގުރޫޕެއްގައި
ތިބިދަރިވަރުން 2 ކުދިންގެ ގުރޫޕަކަށް ބަދަލުވެ ފުރަތަމަ ގުރޫޕުން ލިބުނު މައުލޫމާތުތައް
މަޒުމޫނެއް ލިޔުމައްޓަކައި ޕޮއިންޓްތައް ތަރުތީބު ކޮށްލާނީއެވެ. މިގޮތައް ތަރުތީބު
ކުރާއިރު ދެކުދިން މަޝްވަރާ ކުރާށެވެ.
ދެކުދިންގެ ގުރޫޕުން
ޕޮއިންޓްތައް ތަރުތީބު ކުރުމަށްފަހު ކޮންމެ ކުއްޖަކުވެސް އެކުއްޖަކު އަމިއްލައަށް
އެގުރޫޕް ތަކުން އެއްކުރި މައުލޫމާތަކާއި ތަރުތީބު ކުރި ޕްއިންޓްތަކަށް ބަލައިގެން
މަޒުމޫނެއްގެ ފެށުމެއް ލިޔާނީއެވެ. ފެށުމުގައި 5 ފޮޅުވަތާއި 7 ފޮޅުވަތާއި ދެމެދުގެ
ފެށުމެއް ލިޔާނީއެވެ.
ވަކިވަކި ދަރިވަރުންގެ
މަސައްކަތް ނިމިމުން ދަރިވަރުން ލިޔުނު މަޒުމޫނުގެ ފެށުން ކުލާހަށް ހުށައަޅާނީއެވެ.
އެއަށްފަހު ގޭގައި މަޒުމޫނު އެއްކޮށް ލިޔެގެން އައުމަށް ބުނާށެވެ.
*. އެހީ:
dhivehiacademy.edu.mv/beta/adheebun/189
No comments:
Post a Comment